އިންޓަރ އޮފީސް ވޮލީބޯލް ޓޯނަމަންޓް: އައިއޭއެސްގެ މައްޗަށް ކުރިހޯދީ އެމްސީއެސް

އައިވީއެސް އާއި އެމްސީއެސް ބައްދަލުކުރި މެޗްގެ ތެރެއިން

އިންޓަރ އޮފީސް ވޮލީބޯލް ޓޯނަމަންޓްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް ބައްދަލުކުރިމެޗް ސީދާ ތިންސެޓުން ކާމިޔާބުކުރީ އެމްސީއެސް އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓްގައި މިއަދު ހަވީރު ކުޅުނު މެޗްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޓީމުންވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މެޗްގެ ސެޓްތައް ކާމިޔާބުކޮށްފައިވަނީ 25 – 19، 25 – 21 އަދި 25 – 20 ންނެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްސީއެސްގެ އަހުމަދު ޝާހީން އެވެ.

އެމްސީއެސް ކުޅޭ ދެވަނަ މެޗް މިމަހު ނުވަވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓެޑާއެވެ.