‏އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި‏

IMG_1431

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތްކޮށްފިއެވެ. މި މަސައްކަތް ކުރިއަށްދިޔައީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

އޭޕްރިލް މަހު 16، 19، 22، 25 އަދި 29 ވަނަ ދުވަހު  ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އައްސޭރި ޖަލުގެ ސަރަހައްދުގައިވާ ވިނަތައް ނޮޅައި، ކުދި ގަސްތައް އެއްކޮށް ކޮށުމުގެ އިތުރުން ބޮޑެތި ގަސްތައް ކަނޑައި، ގަސްތަކުގެ ބުޑުތައްވެސް ވަނީ ނަގާފައެވެ.

މި މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މި 29 އޭޕްރިލް 2017 ގައި ހިންމަފުށީ ޕޮލިސް ސްޓޭޝަންއިންވެސް ވަނީ މި މަސައްކަތުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އައްސޭރި ޖަލުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ޖަލުވަށައި ފެންސް ޖެހުމާއި ފިހާރައެއް ހެދުމުގެ މަސައްކަތާއި ޑިއުޓީ ބަންކަރު އަދި ޔުނިޓް މެނޭޖްމެންޓް އޮފީހުގެ މަސައްކަތް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *