‏ޕީއާރްސީ ބެޑްމިންޓަން ޓޯނަމަންޓް ނިމިއްޖެ‏

ބެޑްމިންޓަން ޓޯނަމަންޓްގެ ޑަބަލްސް ބައިން މޮޅުވި ކުޅުންތެރިން ތައްޓާއި ހަވާލުވަނީ
ބެޑްމިންޓަން ޓޯނަމަންޓްގެ ޑަބަލްސް ބައިން މޮޅުވި ކުޅުންތެރިން ތައްޓާއި ހަވާލުވަނީ

ޕްރިޒަން ރިކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “ޕީއާރސީ ބެޑްމިންޓަން ޓޯނަމަންޓް 2017” ރޭ ނިމިއްޖެއެވެ.

މާފުށީ ޖަލުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ބޭއްވި މި މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ ޙުސެއިން ސީނިޔާޒުއެވެ. އަދި ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ އާއި ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ ޙުސެއިން ސީނިޔާޒުއެވެ.

_MG_9808

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު ސިންގަލްސް ފައިނަލް މެޗް ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ ޙުސެއިން ސީނިޔާޒް ކާމިޔާބުކޮށްފައިވަނީ، 21-7 އާއި 21-13 ގެ ސްކޯއަކުން ސާޖަންޓް އަންވަރު މޫސާ ބަލިކޮށް، ދެ ސެޓް ހޯދައިގެންނެވެ.

އަދި ރޭ ކުޅުނު ޑަބަލްސްގެ ފައިނަލް މެޗް ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ އާއި ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ ޙުސެއިން ސީނިޔާޒު ކާމިޔާބުކުރީ 21-14 އާއި 21-16ގެ ސްކޯއަކުން ދެ ސެޓްވެސް ކާމިޔާބުކޮށް، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޢަބްދުލް ވައްހާބްއާއި ލާންސް ކޯޕަރަލް އަމްޖަދު ޢަލީ ގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ނިމުމުގެ ރަސްމީއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއެވެ. އަދި މި މުބާރާތުގެ ފައިނަލް ދެ މެޗަށްފަހު ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި ހަނދާނި ލިޔުން ދިނުން އޮތެވެ.

މި މުބާރާތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ބައިވެރި ވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ސިންގަލްސް ބައިގައި 12 ކުޅުންތެރިންނާއި ޑަބަލްސް ބައިގައި 7 ޓީމުން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *