ޝީގެ ފަރާތުން މާފުށީ ޖަލުގައި ހެލްތު ކޭމްޕެއް ބާއްވައިފި

Untitled-2

މާފުށީ ޖަލުގައި މަސައްކަތްކުރާ ފިރިހެން އޮފިސަރުންނަށް އަމާޒުކޮށްގެން ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން އިން ހެލްތު ކޭމްޕެއް އެޖަލުގައި ބާއްވައިފިއެވެ.

މާފުށީ ޖަލުގައި މިއަދު ކުރިއަށް ގެންދިޔަ މި ހެލްތު ކޭމްޕްގައި އެޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުންވަނީ ބައިވެރިވެފައެވެ.

ޝީގެ ފަރާތުން ބުނީ މި ސެޝަންގެ ބޭނުމަކީ ފިރިހެން ބޭފުޅުން ސިއްހީ ދުޅަހެޔޮކަމުގެ މަސައްކަތްތަކުގައި ކުރިއަށްވުރެ ބޮޑަށް ބައިވެރިކުރުން އިތުރު ކުރުން ކަމަށެވެ.

ޝީއަކީ މުޖުތަމަޢުގައި ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމިއްޔާ އެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *