ޕީއާރސީ ބެޑްމިންޓަން ޓޯނަމަންޓް ފަށައިފި

ޕްރިޒަން ރިކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ޕީއާރސީ ބެޑްމިންޓަން ޓޯނަމަންޓް 2017” ރޭ ފަށައިފިއެވެ.

މާފުށީ ޖަލުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ބާއްވާ މި މުބާރާތް އިފްތިތާހް ކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ އަބްދުﷲ އަމީން އެވެ. އޭއެސްޕީ އަމީންގެ ވާހަކަފުޅުގައި އެހެން ޖަލުތަކުން މި މުބާރާތަށް ލިބިފައިވާ ސަޕޯޓް ކުޑަކަމަށް ވިދާޅުވިއެވެ.

މި މުބާރާތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ބައިވެރި ވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ސިންގަލްސް ބައިގައި 12 ކުޅުންތެރިން ވާދަކުރާއިރު ޑަބަލްސް ބައިގައި 7 ޓީމް ވާދަކުރާނެއެވެ.

މި މުބާރާތުގައި ރޭ ވަނީ ޑަބަލްސް ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗް ކާމިޔާބުކުރީ އެފްސީޕީއޯ މަދީހު ރިއްފަތާއި ޕީއެސްޖީޓީ އަންވަރު މޫސާގެ ޓީމެވެ. ދެވަނަ މެޗް ކާމިޔާބުކުރީ ސީޕީއޯ އަހުމަދު ރިޒާ އާއި އެފްސީޕީއޯ ހުސެއިން ސީނިޔާޒްގެ ޓީމެވެ.