ކްލަބް މޯލްޑިވްސް ކަޕް 2017: ޕީއާރސީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ކްލަބް މޯލްޑިވްސް ކަޕްގައި ތައުލީމީ ގުޅުން ބަލިކޮށް ޕްރިޒަން ރެކްރިއޭޝަން ކުލަބުގެ ޓީމު މެޗު ކާމިޔާބު ކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ވެލިދަނޑުގައި ރޭ ކުޅުނު ‘ގްރޫޕް ބީ’ ގެ މެޗުގައި ތައުލީމީ ގުޅުމުގެ މައްޗަށް ޕީއާރސީގެ ޓީމް ކުރިހޯދީ 3-2 ލަނޑުންނެވެ.

ރޭގެ މެޗުގައި ޕީއާރސީ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ހުސައިން އަލީ އާއި އާދަމް މަންސޫރުގެ އިތުރުން ޖައިލަމް ޖަމީލެވެ. ޕީއާރސީ ޓީމަށް ލަނޑުޖަހާނެ އިތުރު ފުރުސަތު ލިބި، ވަނީ ބޭނުންކުރެވޭގޮތް ނުވެފައެވެ.

ރޭގެ މެޗުގައި ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ވަނީ ގުގުމާލާފައެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި ދެން ޕީއާރސީ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއެވެ. އެ މެޗް އޮންނާނީ އަންނަ ހޮނޮހިރު ދުވަހުގެ ހަވީރު 04:00 ގައެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު،  މެދުކެނޑުމެއްނެތި މި މުބާރާތް ބާއްވާ މިއީ 12 ވަނަ އަހަރެވެ.