ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--

ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ އަހަރީ އާންމު ޖަލްސާ މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ޖަލްސާގައި ކްލަބުގެ ހިންގާ ގަވާއިދު އިސްލާހުކޮށް މި ދައުރަށް އަލަށް އިންތިހާބު ކުރި ކޮމެޓީއަށް ލިޔުން ޙަވާލުކުރުން އޮތެވެ. އަދި މިއަހަރަށް ޕްރިޒަން ކްލަބުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކުޅިވަރު ޕްރޮގްރާމްތަކާއި ގައުމީފެންވަރުގައި ކްލަބުން ބައިވެރިވާނެ ކުޅިވަރު ޕްރޮގްރާމްތަކުގެ މަޢުލޫމާތު މެންބަރުންނާ ހިއްސާ ކޮށްފައިވެއެވެ. އަދި ކްލަބުގެ ފަރާތުން ކުރަން ރާވާފައިވާ އިޖުތިމާޢީ އެކިއެކި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތުވެސް މި ޖަލްސާގައިވަނީ މެންބަރުންނާ ހިއްސާ ކޮށްފައެވެ.

މި ޖަލްސާގައި ކްލަބުގެ އެއް މުއައްސިސް، ޑީސީޕީ ޙަސަން ޒިލާލް އާއި ކްލަބުގެ ރައީސް، ސީޕީއޯ އަބްދުލް ޣަނީ މެންބަރުންނާ މުހާތަބުކޮށް ވާހަކަދެއްކެވިއެވެ.

މި ޖަލްސާގައި ކްލަބުގެ މުއައްސިސުންނާ ގިނައަދަދެއްގެ ޢާންމު މެންބަރުން ބައިވެރިވެފައި ވެއެވެ.