ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ބައިވެރިންނަށް އިންސާނީ ހަޤުތަކާއި ބެހޭގޮތުން މައުލޫމާތު ދީފި

ހިއުމަން ރައިޓްސް ސެޝަންގެ ތެރެއިން---

މާފުށީ ޖަލުގައި މިހާރު ކުރިއަށް ގެންދާ ސެޓްފިކެޓް 4 އިން ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ދެވަނަ ބެޗްގެ ބައިވެރިންނަށް އިންސާނި ހައްގުތަކާބޭހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ނަންގަވައިދެއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބޭފުޅުންނެވެ.

މިސެޝަނަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާ ގުޅިގެން 2016 ވަނައަހަރު ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައެޅުއްވި ހާއްސަ ޝިއާރު ކަމުގައިވާ  ” To Assure Human Rights by Ensuring Human Rights within Prisons ” ގެ ދަށުން އެމްސީއެސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ތަރައްގީކޮށް، ގުޅުންހުރި ދާއިރާތަކުން އެމީހުން ތަމްރީނު ކުރުމަށް އެމްސީއެސް އިން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.