ޖަލުތަކުން ދޭންޖެހޭ އަސާސީ ޚިދުމަތް

Icons

ޖަލަށް ގެންނަ ކޮންމެ ޤައިދީއަކަށް އަދި ބަންދު މީހަކަށްވެސް އެމީހާ ޖަލަށް ގެންނަ ދުވަހުން ފެށިގެން ގާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މިހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަ ގޮތުގައި އެމްސީއެސް އިން ގެންދަނީ ފޯރުކޮށް ދެމުންނެވެ.

އެގޮތުން ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ނަމާދުކޮށް ޤުރުއާން ކިޔަވައި ރޯދަ ހިފުމުގެ އިންތިޒާމާއި، ކެއިންބުއިމުގެ އިންތިޒާމާއި، ފެންވަރާ ގައިންތާހިރުވުމާއި، ފާޚާނާ ކުރުމުގެ އިންތިޒާމާއި، ބޯކޮށައި ފިރިހެން ގައިދީން ތުނބުޅި ބޭލުމުގެ އިންތިޒާމާއި، ނިދުމާއި ނިދަން ބޭނުންވާ ތަކެތީގެ އިންތިޒާމާއި، ބޭސްފަރުވާ ކުރުމުގެ އިންތިޒާމާއި، މަސައްކަތްކޮށް، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމާއި، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމާއި، އާއިލާއާއި މުއާމަލާތް ކޮށް، ބައްދަލުކުރުމުގެ އިންތިޒާމާއި، ސިޓީ ލިޔާނެ ތަކެއްޗާއި، ކިޔާނެ ފޮތް ލިބުމުގެ އިންތިޒާމް އެމްސީއެސްއިން ވަނީ ހަމަޖައްސާ ދީފައެވެ.

ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް ދެމުންގެންދާ ޚިދުމަތް އެމްސީއެސް ގެންދަނީ ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލަކުން ފޯރުކޮށް ދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *