ވަގަށް ޖަލަށް އެތެރެކުރަން އުޅުނު ފޯނު ތަކެއް ހޯދައިފި

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް ވަގަށް އެއްޗެހިތަކެއް ވައްދަންއުޅުނު މީހަކު މިއަދު އަތުލައިގެންފިއެވެ.

އެމީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާ އުޅުނު ސަރަހައްދު ކަމުގައިވާ ޔުނިޓްތަކާ ދިމާ ޕެރިމީޓަރ ބޭރުން މޫދު ކައިރި ޕްރިޒަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ބަލައި ފާސްކޮށް، ނޮކިއާ ބްރޭންޑްގެ ފޯނުތަކަކާ ޗާޖަރުތަކެއް ވަނީ ހޯދާފައެވެ.