ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ބައިވެރިންނަށް ފަޔަރ ފައިޓިންގ ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

އެމްސީއެސް އިން ކުރިއަށް ގެންދިޔަ ފަޔަފައިޓިންގ ކްލާސްތަކުގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުން ތަރައްގީކޮށް އެމީހުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ގެންދާ ސެޓްފިކެޓް 4 އިން ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބެޗްގެ ބައިވެރިންނަށް ފަޔަރ ފައިޓިންގ ކްލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްސީއެސް އިން މާފުށީ ޖަލުގެ ޓްރެއިނިންގ ގްރައުންޑްގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކްލާސްތައް ނަންގަވައިދެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުންނެވެ.

މި ކްލާސް ތަކުގައި ތިއަރީ އާއި ޕްރެކްޓިކަލް ކްލާސްތައް ވަނީ ބައިވެރިންނަށް ކިޔަވައިދީފައެވެ. އަދި ޕްރެކްޓިކަލް ކްލާސްތަކުގައި ފަޔަރ ޕަންޕު ބޭނުންކުރާނެ ރައްކާތެރި ގޮތްތަކާއި ޑްރިލްތަކާއި ކޮމާންޑްތައްވެސް މި ކޯހުގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އަދި ހޮޅި އަޅާނެ ގޮތްތަކާއި ބޭނުންކުރާ ބައެއް “ނޮޓް” ތައްވެސް ވަނީ ބައިވެރިންނަށް ކިޔަވައިދީ ދަސްކޮށްދީފައެވެ.