ބޭސިކް ޤުރުއާން ކުލާހުގެ ނުވަވަނަ ބެޗް ފަށައިފި

ގައިދީންނަށް ޤުރުއާން ކުލާހެއް ކުރިއަށްގެންދަނީ --- ފައިލް ފޮޓޯ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ގައިދީންގެ ކިޔެވުމުގެ ފެންވަރު މަތިކޮށް އެމީހުންނަކީވެސް ކިޔަވައިގެންތިބި މޮޅު ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ބޭސިކް ޤުރުއާން ކުލާހުގެ ނުވަވަނަ ބެޗް މިއަދު ފަށައިފިއެވެ.

މާފުށީ ޖަލުގައި 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކުލާސްތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރުއާން އެންޑް ސުންނަތް ގުޅިގެންނެވެ.

މި ކުލާހަކީ ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭންގޭ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކްލާހެކެވެ. މި ކްލާސް ފުރިހަމަކުރާ ގައިދީންނަށް “ސެޓްފިކެޓް 1 އިން ޤިރާތު ކޯސް” ހެދުމުގެ ފުރުޞަތު ލިބޭނެކަމަށް އެމްސީއެސް އިން މަޢުލޫމާތު ދެއްވައެވެ.