‏އެޗްޑީސީ ޔޫތު ފުޓްސަލް‏‎ ‎‏ކަޕް 2017: ޕީއާރުސީ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފި‏

ރޭ ޕީއާރްސީ އާއި އެފްއެސްސީ ކުޅުނު މެޗްގެ ތެރެއިން

އެޗްޑީސީ ޔޫތު ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗް، ފިޔޯރީ ސްޕޯޓްސް ކަލްބް (އެފްއެސްސީ) ބަލިކޮށް ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރުސީ) ކާމިޔާބުކޮށްފިއެވެ. އަދި މި މެޗް ކާމިޔާބުކުރުމުން، ޕީއާރްސީ ވަނީ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

ޕީއާރްސީން ފުރަތަމަ ހާފްގައި ދެ ލަނޑުކާމިޔާބުކޮށްފައިވަނިކޮށް، އެފްއެސްސީން ވަނީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔަބުކޮށްފައެވެ. މި މެޗް ޕީއާރްސީ ކާމިޔާބުކުރީ 2 – 1 ލަނޑުންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއާރސީ ގެ ޖާޒީ ނަންބަރު 2 އާދަމް މަންސޫރުއެވެ. އާދަމް މަންސޫރުވަނީ ޕީއާރްސީ ކުޅުނު ހަތަރު މެޗުން ތިން މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ.

ކުއަރޓަރ ފައިނަލްގައި ޕީއާރްސީގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި ރޭ 08:00 ގައި ހުޅުމާލޭ ފުޓްސަލް ގްރައުންޑް ގައެވެ.