ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީ އައްޔަން ކުރުމަށް ވޯޓްލާން ފަށައިފި

ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ އިންތިހާބުގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރްސީ) ގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމުގެ ގޮތުން މާފުށީ ޖަލުގައި މިއަދު ވޯޓުލުން ކުރިއަށް އެބަގެންދެއެވެ.

މި ވޯޓްގައި ޕްރިޒަން ރިކްރިއޭޝަން ކްލަބުގެ ހުރިހާ މަގާމަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކުލަބަށް އައްޔަންކުރާ މަޤާމު ތަކަކީ “ރައީސް”، “ނާއިބު ރައީސް”، “ޑައިރެކްޓަރ އެޑްމިނިސްޓްރޭޝަން”، “ޑައިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ”، “ޑައިރެކްޓަރ ފައިނޭންސް”، “ޑައިރެކްޓަރ ސްޕޯރޓްސް އެންޑް ރިކްރިއޭޝަން”، “ޑައިރެކްޓަރ ސޯޝަލް ޑިވެލޮޕްމަންޓް” ގެ އިތުރުން “ޑައިރެކްޓަރ ރެޖިސްޓްރޭޝަން” އެވެ. އަދި މީގެ އިތުރުން ޢާންމު އަށް މެންބަރުން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ޖަލުތަކަށް އެކި ދުވަހަށް ބަހާލައިގެންނެވެ.

މިގޮތުން 07 މާޗް 2017 ގައި ވޯޓުލުން ކުރިއަށްދާނީ މާލޭ ޖަލާއި އައްސޭރި ޖަލުގެ އިތުރުން އަހުލުވެރި މަރުކަޒުގައެވެ. އަދި ހެޑް އޮފީހާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގައި ވޯޓުލުން ކުރިއަށް ދާނީ 08 މާޗް 2017 ވަނަ ދުވަހުއެވެ.