‏ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ޖަލުގެ މަސައްކަތްތައް ބައްލަވާލައްވައިފި‏

‏ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުއްޓަށް ކުރެއްވި ދަތުރުގެ ތެރެއިން‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާ އެތަނުގައި ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

އެގޮތުން ހާއްސަކޮށް މާފުށީ ޖަލުގެ ޔުނިޓް 3 އަށް މިހާރު ގެނެވެމުންދާ ސެކިއުރިޓީއާ ގުޅޭ ބަދަލުތައް ބައްލަވާލެއްވިއެވެ. ޔުނިޓް 3 އަކީ މާފުށީޖަލުގެ މެކްސިމަމް ސެކިއުރިޓީ ޔުނިޓެކެވެ.

މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި މާލޭ ޖަލުގެ ޑައިރެކްޓަރ އެސްޕީ މޫސާ އަންވަރު ބައިވެރިވެވަޑައިގެންނެވިއެވެ.