‏ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުލުވެރި މަރުކަޒުގެ މަސައްކަތްތައް ބައްލަވާލައްވައިފި‏

ކޮމިޝަނަރ އަހުލުވެރި މަރުކަޒުގެ މަސައްކަތްތައް ބައްލަވާލައްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް އިއްޔެ ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަހުލުވެރި މަރުކަޒަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ސީޕީ ޝިހާން ވަނީ އަހުލުވެރި މަރުކަޒުގައި ކުރަމުންގެންދާ މަސައްކަތްތަކާ މިވަގުތު ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ބައްލަވާލައްވާފައެވެ.

އަހުލުވެރި މަރުކަޒަކީ ގައިދީން އިސްލާހުކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ. ގައިދީންގެ “ރިހެބިލިޓޭޝަން ޕްރޭމްވަރކް” ގެ 4 ވަނަ ފޭސްގެ ބައި ކުރިއަށް ގެންދަނީ މި މަރުކަޒުގައެވެ.

އަހުލުވެރި މަރުކަޒަކީ އެކިއެކި ކުންފުނިތަކާ ގުޅިގެން ގައިދީންނަށް އެލަވަންސް ވަޒީފާގެ ފުރުސަތު ލިބޭތަނެކެވެ. މިގޮތުން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ގުޅިގެން އެކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ގާ އެޅުމުގެ މަސައްކަތާއި އެހެނިހެން ޕްރޮޖެކްޓްތައް މި މަރުކަޒުގައި ކުރިއަށް ގެންދެއެވެ.