‏އެމްސީއެސް އިން ފުލުހުންނަށް އިންފޮރމޭޝަން ސެޝަންއެއް ކުރިއަށް ގެންގޮސްފި‏

ފުލުހުންނަށް މިއަދު ނަގައިދިން ސެޝަންގެ ތެރޭގައި

ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ “ޕްރޮފެޝަނަލް ޓްރެއިނިންގ ފޯރ ކަސްޓޯޑިއަލް އޮފިސަރ” ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މިއަދު މައުލޫމާތު ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން އޮތީ އިސްކަންދަރު ކޮށީގައެވެ.

މި ސެޝަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދައުރާއި ގާނޫނީގޮތުން ލިބިފައިވާ ބާރުތަކުގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާމެދު އަމަލުކުރަމުންދާ ގޮތްތަކާއި، ގައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެމްސީއެސްގެ ރިހެބިލިޓޭޝަން ފްރޭމްވަރކާ ބެހޭ މައުލޫމާތު ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފުލުހުންނަށް ކުރިއަށް ގެންދިޔަ މިފަދަ ހަތަރު ވަނަ ސެޝަންއެވެ.

މި ސެޝަންގައި މަޢުލޫމާތުދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.