‏އިންފޮމޭޝަން ކޮމިޝަނަރު، ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވައިފި‏

‏އިންފޮރމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ‏‏ޝިހާން އާ ‏ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އިންފޮރމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.