‏ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް ސުޕަރވިޟަން ކޯހުގެ މޮޑިއުލް އެއް އެޗް.އާރ.ސީ.އެމްއިން ނަގާދީފި‏

އެޗްއާރސީއެމް ގެ މުވައްޒަފެއް އެމްސީއެސްއޮފިސަރުންނަށް ހިއުމަން ރައިޓްސް އާބެހޭ މޮޑިއުލް ނަގާދެނީ

މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ އޮފިސަރުންނަށް ކުރިއަށް ގެންދާ ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް ސުޕަރވިޟަން ކޯހުގެ ހިއުމަން ރައިޓްސްއާ ބެހޭ މޮޑިއުލް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން މިއަދު ނަގާދީފިއެވެ.

މާފުށީ ޖަލުގައި ކުރިއަށްދާ މި ކޯހަކީ ފަސްޓް ކްލާސް ޕްރިޒަން އޮފިސަރ ރޭންކާއި ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކުތަކުގެ އޮފިސަރުން ތަރައްގީކޮށް، ހަރުދަނާ ކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ކޯހެކެވެ.

ހިއުމަން ރައިޓްސް އާ ބެހޭ މި މޮޑިއުލްގައި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީ، އިންސާނީ ހައްގުތަކާއި އާންމު ޤަރާރު އަދި މުއާހަދާތަކާއި ބަންދުގައި ބައިތިއްބާ މީހުންގެ ހައްގުތަކުގެ އިތުރުން ސިއްޙީ ޙައްޤުތަކާބެހޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.