އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތްކޮށްފި

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތްކޮށްފިއެވެ.

މިއަދު ހެނދުނު 9:00 ން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އައްސޭރި ޖަލުގެ އުތުރު ފަރާތުގައި ހެދިފައިވާ ވިނަތައް ނޮޅައި، ކުދި ގަސްތައް އެއްކޮށް ކޮށުމުގެ އިތުރުން ބޮޑެތި ގަސްތަކުގެ ތިރިއަށް ހުރި ގޮފިތައް ވަނީ ކޮށައި ސާފުކޮށްފައެވެ. މިއަދުގެ މި މަސައްކަތުގައި 300 ފޫޓު ދިގު އަދި 200 ފޫޓު ފުޅާ މިނުގެ ސަރަހައްދު ވަނީ ސާފުކުރެވިފައެވެ.

މި މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ވަނީ ބައިވެރިވެފައެވެ.

އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެއިން ވިދާޅުވީ މި މަސައްކަތަކީ އަބަދުވެސް ޖަލުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ޖޯށާއި ފޯރީގައި ކަމަށެވެ. އަދި މަސައްކަތުގައި ބައިވެރިވި ހުރިހާ އޮފިސަރުންނަށާއި ގައިދީންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އޭއެސްޕީ މުޙައްމަދު ޙުސެއިން ވިދާޅުވިއެވެ.