“އަމާން ވެއްޓެއްގެ ހިތްހަމަޖެހުން” މިނަމުގައި ބޭއްވި މީޑިއާ އިވެންޓްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދީފި

އަމާން ވެއްޓެގެ ހިތްހަމަޖެހުން

“އަމާން ވެއްޓެއްގެ ހިތްހަމަޖެހުން” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިވެރިވެއްޖެއެވެ.

މި އިވެންޓް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއެވެ.

_MG_3616

45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިގޮތުން ކުރިއަށް އޮތް ދުވަސް ތަކުގައި މި ޝިޔާރުގެ ދަށުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ މުއައްސަސާތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހެވެ.

ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބޭއްވި މިހަރަކާތުގައި ޖުމުލަ 10 މުއައްސަސާއަކުން ވަނީ ޕްރެޒެންޓޭޝަން ހުށަހަޅާފައެވެ. މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވެސް ވަނީ ގައިދީން ރިހެބިލިޓޭޓްކުރުމަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމްތަކާއި އިދާރީ ހިންގުން ހަރުދަނާ ކުރުމުގެގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި، ހިންގާފައިވާ މުހިއްމު ޕްރޮޖެކްޓްތަކާއި އެކިއެކި އިޖުތިމާއީ ހަރަކާތްތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައެވެ.