އެޗްޑީސީގައި ޑިނަރ ނައިޓެއް ބާއްވައިފި

ރޭ އެޗްޑިީސީގައި ބޭއްވި ޙަފްލާގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ނުވައަހަރު ފުރުމާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ (އެޗް.ޑީ.ސީ) އަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

ރޭ އެޗްޑީސީގައި ބޭއްވި ޑިނަރނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ޙަފްލާގައި މާލޭ ޖަލާއި އެޗްޑީސީގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ވަނީ ހުށައަޅާފައެވެ. އަދި ކުރިއަށްއޮތްތާންގައި މާލޭ ޖަލު ބައިވެރިވާ އެކި އިވެންޓްތަކުގައި ބޭނުންކުރާނެ ލޯގޯއެއްވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗް ކޮށްފައެވެ. މި ލޯގޯ ލޯންޗްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ޑިނަރ ނައިޓް ކުރިއަށް ދިޔައީ އެމްސީއެސްގެ މިއުޒިކް ބޭންޑުގެ ލައިވް މިއުޒިކާ އެކުއެވެ.

ރޭގެ ޙަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން މާލޭ ޖަލާއި އެޗްޑީސީގެ އޮފިސަރުންނާ އޮފިސަރުންގެ އާއިލާތައް ބައިވެރިވިއެވެ.