އައިކޯސްޓުން އެޗްއާރުސީއެމްގެ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ބޭފުޅުންނާއި ބައްދަލުކޮށްފި

އެޗްއާރުސީއެމްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެޑިއުކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ކުރިއަށްއޮތްތާންގައި އެޗްއާރުސީއެމްގެ ކޮމްޕޯނަންޓް އައިކޯސްޓްގެ ސިލަބަސްތަކުގައި ހިމެނުމަށެވެ.

މިހާރުވެސް އައިކޯސްޓްގެ ބައެއް ކޯސްތަކުގައި ހިއުމަން ރައިޓްސްގެ ބައެއް މޮޑިއުލްތައް ހިމަނާފައިވެއެވެ. އަދި ޕްރިޒަން އޮފިސަރުންނަށް ހިއުމަން ރައިޓްސް އާއި ގުޅޭ ތަފާތު ޕްރޮގްރާމްތައް މީގެ ކުރިންވެސް ވަނީ ހިންގާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވީ ސީނިއާ އެޑިއުކޭޝަން އޮފިސަރ އައިޝަތު ޝިފާނާ އާއި އެސިސްޓެންޓް އެޑިއުކޭޝަން އޮފިސަރ ފާތުމަތު އަޙްމަދު އެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީޕީއޯ އަޙްމަދު ރިޒާ އާއި އައިކޯސްޓްގެ ފެކަލްޓީ އޮފް ޕްރިޒަން މެނޭޖްމަންޓް އެންޑް ލީޑާޝިޕްގެ ހެޑް އެސްޕީއޯ އަޙްމަދު ފާރިޝް ޢަލީގެ އިތުރުން އައިކޯސްޓްގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ޕްރޮގްރާމްސްގެ ހެޑް އެފްސީޕީއޯ މުޙައްމަދު ނިޝްވާން އެވެ.