މާލޭ ޖަލުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ރޭ މާލޭ ޖަލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު --- ފޮޓޯ: ސްޓާފް ސާޖަންޓް އަޙްމަދު ނަސީމް

މާލޭ ޖަލުގެ ނުވަވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެޖަލުގައި ބާއްވައިފިއެވެ.

ރޭ 23:50 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާލެ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އެސްޕީ މޫސާ އަންވަރުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު އަހަރީ ދުވަހުގެ ކޭކު ފެޅުން އޮތެވެ.