ގައުމީ ވޮލީ ލީގު: ޕީއާރުސީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި.

ރޭ ޕީއާރުސީ އާއި އެމްއާރުސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: ސްޓާފް ސާޖަންޓް އަޙްމަދު ނަސީމް
ރޭ ޕީއާރުސީ އާއި އެމްއާރުސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: ސްޓާފް ސާޖަންޓް އަޙްމަދު ނަސީމް

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ޕްރިޒަން ރިކްރިއޭޝަން ކްލަބް ކުޅުނު ފުރަތަމަ މެޗު އެޓީމު ކާމިޔާބު ކޮށްފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗް ޕްރިޒަން ރިކްރިއޭޝަން ކްލަބް ކާމިޔާބުކޮށްފައިވަނީ މުލަކު ރިކްރިއޭޝަން ކްލަބާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މިއީ ގައުމީ ލީގެއްގައި ޕްރިޒަން ރިކްރިއޭޝަން ކްލަބް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗްގެ ސެޓްތައް ޕްރިޒަން ރިކްރިއޭޝަން ކްލަބް ކާމިޔާބުކޮށްފައިވަނީ 22-25، 12-25 އަދި 24-26 ންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕްރިޒަން ރިކްރިއޭޝަން ކްލަބްގެ ޖާޒީނަންބަރ 12، އިބްރާހިމް ޝިނާން އެވެ.

ރޭގެ މެޗްގައި ޕްރިޒަން ރިކްރިއޭޝަން ކްލަބްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ޒުވާނުންގެ މަރުކަޒަށް ޖަމާވިއެވެ. އަދި ކުރިއަށް އޮތް މެޗްގައި އެއަށްވުރެ ރަނގަޅު ސަޕޯޓެއް ފެނިގެންދާނެކަމަށް ސަޕޯޓަރުންވަނީ ޔަގީންކަން ދީފައެވެ.

މި ޖެނުއަރީ މަހުގެ 15 ން 21 އަށް ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ޕްރިޒަން ރިކްރިއޭޝަން ކްލަބް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވާއިރު ދެވަނަ މެޗްގައި މާދަމާ ރޭ ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ދެކޮޅަށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *