‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: ފައިނަލް ގައި ވާދަކުރާނީ މާލޭ ޕްރިޒަން އާއި ޕްރިޒަނަރ ‏‏މެނޭޖްމަންޓް ‏

މާލޭ ޕްރިޒަން އާއި ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އިއްޔެ ކުޅުނު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އާއި ފްރިޒަނަރ މެނޭޖްމަންޓްއެވެ. މި ދެ ޓީމަކީވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ.

ސެމީ ފައިނަލްގެ އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި މާލޭ ޕްރިޒަން އެންޑް އެޗްޑީސީ ވަނީ 3-0 ސެޓުން ފްރޮގްރާމްސް އެންޑް އޮފެންޑަރސް ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީގެ އަޙްމަދު ޝާހީންއެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗްގައި ޕްރިޒަނަރ މެނޭޖްމަންޓް އިން ވަނީ 3-0 ސެޓުން އީއެސްޖީ މަށްޗަށް ކުރި ހޯދާފައެވެ.  މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ މުޙައްމަދު ޝަރީފްއެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާ ރޭ 8:45 ގައެވެ.