‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: މާލޭ ޕްރިޒަން އާއި ޕްރޮގްރާމްސް އެންޑް އޮފެންޑަރސް ސެމީ ‏‏ފައިނަލްގެ އިއްޔެގެ ދެ މެޗް ކާމިޔާބުކޮށްފި‏

އިއްޔެ ކުޅުނު މާލޭ ޕްރިޒަން އާއި ޕްރިޒަނަރ މެނޭޖްމަންޓް ކުޅުނު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ސެމީ ފައިނަލްގައި އިއްޔެ ކުޅުނު ދެ މެޗް ކާމިޔާބުކުރީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އާއި ފްރޮގްރާމްސް އެންޑް އޮފެންޑަރސްއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި މާލޭ ޕްރިޒަން އެންޑް އެޗްޑީސީ ވަނީ 3-0 ސެޓުން ޕްރިޒަނަރ މެނޭޖްމަންޓް ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީގެ އިބްރާހިމް އާރިފްއެވެ.

ފްރޮގްރާމްސް އެންޑް އޮފެންޑަރސް އިން ވަނީ ސެމީ ފައިނަލްގެ ރޭ ކުޅުނު މެޗް 3 ސެޓުން ކާމިޔާބުކޮށްފައެވެ. އީއެސްޖީ އަށް ކާމިޔާބުކުރެވުނީ 1 ސެޓެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފްރޮގްރާމްސް އެންޑް އޮފެންޑަރސްގެ ޙުސެއިން ފަޒީލްއެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ މެޗްތަކަކީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އާއި ފްރޮގްރާމްސް އެންޑް އޮފެންޑަރސް އަދި  ޕްރިޒަނަރ މެނޭޖްމަންޓާއި އީއެސްޖީއެވެ. މި ދެ މެޗަށްފަހު ފައިނަލްގައި ކުޅޭނެ ދެ ޓީމް ކަށަވަރުވެގެންދާނެއެވެ.