‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެޒެޓްގައި ޝާއިޢު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ޝަރުޠު ތަކުގެ ތެރޭގައި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ހިމެނެއެވެ.

އަދި އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުން  01 ޖެނުއަރީ 2017 އަށް މީލާދީގޮތުން 18 އަހަރު ފުރި، 35 އަހަރު ނުވާ މީހެއް ކަމުގައިވާންޖެހޭ ކަމަށްވެސް އެ އިއުލާންގައި ބަޔާންކޮށްފައިވެއެވެ. މި މަގާމުތަކަށް ހަމަޖެހިފައިވާ އެލަވަންސްތަކަކީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެކެވެ.

މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 19 ޖެނުއަރީ 2017  ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުމަށެވެ.

މި މަގާމުތަކުގެ އިއުލާންތައް ވަނީ އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/  ގައި ޝާއިއުކުރެވިފައެވެ.