‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: ސެމީ ފައިނަލްގައި ކުޅޭނެ ޓީމުތައް ކަށަވަރުވެއްޖެ ‏

އިއްޔެ ކުޅުނު މާލޭ ޕްރިޒަން އާއި އެޗްކއިު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭނީ ޕްރިޒަނަރ މެނޭޖްމަންޓް، ޕްރޮގްރާމްސް އެންޑް އޮފެންޑަރސް، މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އަދި އީއެސްޖީއެވެ.

16 ޕޮއިންޓާއެކު ޕްއިންޓް ތާވަލްގެ އެންމެ ކުރީގައި މިވަގުތު އުޅެނީ ޕްރިޒަނަރ މެނޭޖްމަންޓެވެ. ޕްރޮގްރާމްސް އެންޑް އޮފެންޑަރސް 15 ޕޮއިންޓާއެކު ވަރަށް ގާތުގައި ދެވަނާގައި ވާއިރު، މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އަދި އީއެސްޖީ އަށް ލިބިފައިވަނީ 13 ޕޮއިންޓާއި 10 ޕޮއިންޓެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ކޮންމެ ޓީމެއްވެސް ދެ މެޗްކުޅެ، އެންމެ ގިނަ ޕްއިންޓް ލިބޭ 2 ޓީމް ފައިނަލަށް ދަތުރުކުރާނެއެވެ.

މިގޮތުން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ މެޗްތަކަކީ ޕްރިޒަނަރ މެނޭޖްމަންޓާއި ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އަދި މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އާއި އީއެސްޖީއެވެ.