‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: މޮޅުވީ ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އާއި އީއެސްޖީ‏

އީއެސްޖީ އާއި އެޗްކިއުގެ މެޗްގެ ތެރެއިން
އީއެސްޖީ އާއި އެޗްކިއުގެ މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ އިއްޔެ ކުޅުނު ފުރަތަމަ މެޗް ޕްރޮގްރާމްސް އެންޑް އޮފެންޑަރސް ކާމިޔާބުކޮށްފައިވާއިރު، އިއްޔެ ރޭގެ މެޗް ކާމިޔާބުކުރީ އީއެސްޖީއެވެ.

މިގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އިން މެޗް ކާމިޔާބުކުރީ 3-0 ސެޓުން ސެކިއުރިޓީ ޔުނިޓްގެ މައްޗަށް ކުރިހޯދައިގެންނެވެ. ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އިން ތިން ސެޓް ކާމިޔާބުކުރި 25-22، 25-14 އަދި 25-14 ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރޮގްރާމްސް އެންޑް އޮފެންޑަރސްގެ އަޙްމަދު ޝާހީންއެވެ.

15676441_574307699445802_5309570910248844373_o

ރޭ ކުޅުނު މެޗްގައި ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް، މެޗް ކާމިޔާބުކުރީ އީއެސްޖީއިންނެވެ. މި މެޗްގައި އީއެސްޖީ ވަނީ 25-22، 25-23، 13-25 ން 3 ސެޓް ކާމިޔާބުކޮށްފައެވެ. އަދި އެޗްކިއުއިން 1 ސެޓް ކާމިޔާބުކުރީ 25-18 ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީއެސްޖީގެ ޢަބްދުލް ޣަނީއެވެ.

މިއަދުވެސް މި މުބާރާތުގެ ދެ މެޗްކުޅުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *