‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: އެޗް ކިއު އާއި އީއެސްޖީ ކުރި ހޯދައިފި‏

އެޗްކިއު ޓީމް އާއި ސެކިއުރިޓީ ޔުނިޓް ކުޅުނު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ދެވަނަ އަދި ތިން ވަނަ މެޗް ރޭ އީއެސްޖީ އާއި އެޗް ކިއު ކާމިޔާބުކޮށްފިއެވެ.

????????????????????????????????????

ދެވަނަ މެޗް އީއެސްޖީ ކާމިޔާބުކުރީ އައްސޭރި ޖަލުގެ މައްޗަށް ކުރިހޯދައި 3-1 ސެޓުންނެވެ. މި މެޗްގައި ދެ ޓީމުންވެސް މޮޅަށް ކުޅުނު ނަމަވެސް، އައްސޭރި ޖަލަށް ވަނީ 1 ސެޓަށްވުރެ ގިނައިން ކާމިޔާބު ނުކުރެވިފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީއެސްޖީގެ އިއްޒަތު ސަލީމްއެވެ.

މި މުބާރާތުގެ ތިން ވަނަ މެޗްގައި އެޗް ކިއު ޓީމުން ވަނީ މޮޅު ކުޅުމެއްދައްކާފައިއެވެ. އަދި ސެކިއުރިޓީ ޔުނިޓް ބަލިކޮށް އެޗްކިއު މި މެޗް ކާމިޔަބުކުރީ 3-1 ސެޓުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޗްކިއުގެ ހަމްދޫން ރަޝީދުއެވެ.