“މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016”: ފުރަތަމަ މެޗް ކާމިޔާބުކުރީ ޕްރޮގްރާމްސް އެންޑް އޮފެންޑާ

މާލޭ ޕްރިޒަން އާއި ޕްރޮގްރާމްސް އެންޑް އޮފެންޑާ ބައްދަލުކުރި މެޗްގެ ތެރެއިން---

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ ފުރަތަމަ މެޗް ރޭ މާލޭ ޕްރިޒަން އާއި ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު ޕްރޮގްރާމްސް އެންޑް އޮފެންޑާ ކާމިޔާބުކޮށްފިއެވެ.

މި މެޗް ޕްރޮގްރާމްސް އެންޑް އޮފެންޑާގެ ޓީމް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރޮގްރާމްސް އެންޑް އޮފެންޑާގެ ހުސައިން ފަޒީލްއެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމް ވާދަކުރެއެވެ. އެއީ މާލޭ ޕްރިޒަން އާއި ޕްރޮގްރާމްސް އެންޑް އޮފެންޑާ އާއި އައްސޭރި ޕްރިޒަން އާއި އީއެސްޖީ އާއި ޓީމް އެޗްކިއު އާއި ސެކިއުރިޓީ ޔުނިޓްގެ އިތުރުން ޕްރިޒަނަރ މެނޭޖްމަންޓް އެވެ.