‏އައްސޭރި ޖަލުގައި ގައިދީންނަށް ކުރިއަށްގެންދިޔަ ވޮލީ ބޯޅަ މުބާރާތް ނިމިއްޖެ‏

އައްސޭރި ޖަލުގައި ގައިދީންނަށް ކުރިއަށްގެންދިޔަ ވޮލީ މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން

އައްސޭރި ޖަލުގައި ގައިދީންނަށް ހާއްސަކޮށްކުރިއަށްގެންދިޔަ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ރެޑް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗް ޓީމް ރެޑް ކާމިޔާބުކުރީ 03 ސެޓް 01 ސެޓުން ޓީމް ގްރީންގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލް މެޗަށްފަހު، މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ޓީމްތަކާއި ގައިދީންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ތޮލާލް އަދި އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ހާއްސަކޮށް މިފަދަ ކުޅިވަރު މުބާރާތްތަކާއި ތައުލީމީ އަދި ތަމްރީން ޕްރޮގްރާމްތައް ރާވާ ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ގައިދީން ރިހެބިލިޓޭޓްކުރުމާއި އެމީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމެވެ.