ކޮމިޝަނަރ އޮފް ޕްރިޒަންސް އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރާއި ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކަޓަރާއި ބައްދަލުކުރެއްވުން--

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) ގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީޕީއޯ އަޙްމަދު ރިޟާ އާ ބައްދަލު ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާ ގުޅިގެން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސީޕީ ދެއްކެވި ވާހަކަފުޅުގައި ޕްރިޒަން އޮފިސަރުންނަށް އިންސާނީ ހައްޤުތަކާ ބެހޭ މައުލޫމާތު އުގަންނައި ދިނުމުގައި އައިކޯސްޓް މިހާރު އަދާކުރަމުންދާ ރޯލު ފާހަގަ ކުރެއްވިއެވެ. އަދި ކުރިޔަށް އޮތް އަހަރު ތެރޭ ޖަލުގެ ގައިދީންނަށް އަމާޒުކޮށްގެން އިންސާނީ ހައްގުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އިތުރު ޕްރޮގްރާމްތަކެއް ޑިވެލޮޕް ކުރައްވާ ކުރިޔަށް ގެންގޮސް ދެއްވުމަށް ސީޕީ އެދި ވަޑައިގަތެވެ. އެގޮތުން، ޖަލުގައި އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް ބޭނުންކުރާނެ ޝިޢާރެއް ސީޕީ ހާމަ ކޮށްދެއްވިއެވެ. އެއީ:

“To Assure Human Rights by Ensuring Human Rights within Prisons”

އަދި އެޗްއާރުސީއެމް އާ ގުޅިގެން، މިހާރުވެސް ހިންގާ ސެޝަންތައް ފުޅާކޮށް، ޤައިދީނަށް އިންސާނީ ޙައްޤުތަކާގުޅޭ މައުލޫމާތު ސެޝަންތަކެއް އާދަކޮށް ކުރިއަށް ގެންދެވުމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައިކޯސްޓްގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ހެޑް، ފަސްޓް ކްލާސް ޕްރިޒަން އޮފިސަރ މުޙައްމަދު ނިޝްވާން ބައިވެރިވެވަޑައިގެންނެވިއެވެ.