މުވައްޒަފުންގެ ތަޢުލީމީ ހުނަރު އިތުރުކުރުމަށް ކްލާސްތަކެއް ހޯމް މިނިސްޓަރު ފައްޓަވައި ދެއްވައިފި

ހޯމް މިނިސްޓަރ ޢަޒްލީން އަޙްމަދު އޮފިސަރުންނަށް ކްލާސްތައް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ--

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންގެ ތަޢުލީމީ ހުނަރު އިތުރު ކުރުމަށް ކްލާސްތަކެއް ފަށައިފިއެވެ.

މި ކްލާސްތައް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް ޢަޒްލީން އަޙްމަދު އެވެ.

މި ކްލާސްތައް ފައްޓަވައި ދެއްްވަމުން މިނިސްޓަރ ވިދާޅުވީ ޕްރިޒަންް އޮފިސަރުންނަކީ ޖަލު ބެލެހެއްޓުމުގައި ތަޢުލީމީ ގޮތުން ޤާބިލު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މި ކްލާސްތަކުގައި ކިޔަވައިދޭ މާއްދާތަކަކީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި އެކައުންޓްސް އެވެ.

މާފުށީ ޖަލުގައި ކުރިއަށްގެންދާ މި ކްލާސްތަކުގެ ބޭނުމަކީ އެމްސީއެސްގެ އޮފިސަރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން އިތުރު ކުުރުމަށްޓަކައި ހިންގާ ކްލާސްތަކެއްކަމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މަޢުލޫމާތު ދެއްވައެވެ.

މި ކްލާސްތައް ކުރިއަށް ގެންދަނީ އައިކޯސްޓް އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަތް ގުޅިގެންނެވެ.