މިނިސްޓަރ އޮފް ހޯމް އެފެއާޒް މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފި

ހޯމް މިނިސްޓަރު މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---

މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް ޢަޒްލީން އަޙްމަދު އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރގެ މި ޒިޔާރަތުގައި މާފުށީ ޖަލުގެ ބައެއް ޔުނިޓްތައް ބައްލަވާލެއްވިއެވެ. އަދި ބައެއް ގައިދީން ކުރެއްވި ސުވާލުތަކަށް މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ވިދާޅުވީ ކުދިކުށްތައް ކޮށްފައިވާ ފަރާތްތަކަށް އަފުއާމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބޭނުންފުޅުވާކަމަށެވެ. އެހެންކަމުން އެކަންތައް ވަރަށް އަވަހަށް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ދަނޑުވެރިކަން ކުރާ ސަރަޙައްދާއި ވޮކޭޝަނަލް ވޯކްޝޮޕްތައް ބައްލަވާލެއްވިއެވެ.

މިހާރު ޖަލުގެ ވަށައިގެން ލެވެމުން އަންނަ ބައުންޑަރީ ވޯލްގެ މަސައްކަތްވެސް މި ޒިޔާރަތުގައި މިނިސްޓަރ ބައްލަވާލެއްވިއެވެ.

އަދި މީގެ އިތުރުން މިނިސްޓަރ ވަނީ މަފުށީ ޖަލުގެ އެސްއެމްޓީއާ ބައްދަލުކުރައްވާ ޖަލުހިންގުމުގައި އަމަލު ކުރަންވީ ސިޔާސަތު ބަޔާންކޮށްދެއްވާ، ވަރަށް އަގުހުރި ނަސޭހަތާއި އިރުޝާދު ދެއްވާފައެވެ.

މި ޒިޔާރަތުގައި ސީޕީ އާއި ޑީސީޕީގެ އިތުރުން އެމްސީއެސްގެ އެކްސްކޯގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.