ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ހަތަރުވަނަ އަހަރީދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ނިންމާލުމަށްފަހު ---

ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސެންޓަރުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި ރޭ އެ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އިސްމާލް ނަސީރުގެ އިތުރުން ޖަލުތަކުގެ އިސްވެރިންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއަށްފަހު އަޒުމް ކިޔުން އޮތެވެ. އިސްވެ އަޒުމްލައިދެއްވީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އިސްމާލް ނަސީރުއެވެ.

ރަސްމިއްޔާތު ނިމިގެންދިޔައީ އެ ސެންޓަރުގެ އަހަރީ ކޭކު ފެޅުމުންނެވެ.