‏އައްސޭރި ޖަލުގައިހުރި ގައިދީއަކު ނިޔާވެއްޖެ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި އައްސޭރި ޖަލުގައި ހުކުމް ތަންފީޒްކުރަމުންދިޔަ ގައިދީއަކު ރޭ ފަތިހު 4:40 ހާއިރު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ އަޙްމަދު ހަސަން (ދަފްތަރު 9058) އެވެ.