‏ޕްރިސްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި‏

ޕްރިސްކޯ އަހަރީ އާންމު ޖަލްސާގެ ތެރެއިން

‏ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)ގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވައިފިއެވެ.‏

‏މާލޭ ޖަލުގެ އެނެކްސް އެކެއްގައި ބޭއްވި މި ޖަލްސާގައި ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅިއެވެ.

އަދި ‏‏2017 ވަނަ އަހަރުގެ ބަޖެޓާއި ޕްލޭންތައް ހުށަހެޅުމުގެ އިތުރުން، އާންމު ގަވާއިދަށްވެސް ވަނީ އިސްލާހް ގެނެސް ‏‏ފާސްކޮށްފައެވެ.‏ ‏މި ޖަލްސާގައި ޕްރިސްކޯގެ ޗެއަރމަންގެ ވާހަކަފުޅުގައި ޕްރިސްކޯ އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައި ވެއެވެ. ‏‏އަދި މިއަދާ ހަމައަށް އެކި ދައުރުތަކުގައި ޕްރިސްކޯ ހިންގެވުމުގައި ހަރަކާތްތެރިވި ބޯޑު މެމްބަރުންނަށާއި ޕްރިސްކޯ މިހިސާބަށް ‏‏ގެނައުމަށް އެހީތެރިވެދެއްވާފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. ‏

މި ޖަލްސާގައި ޕްރިސްކޯގެ ބޯޑު މެންބަރުންނާއި އާންމު މެންބަރުން ވަނީ ބައިވެރިވެފައިވެއެވެ.