‏ގައިދީން އަންނަ އަހަރުގެ އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާނަށް ތައްޔާރުކުރުމަށްޓަކައި ކްލާސްތައް ފަށައިފި‏

ގައިދީންނަށް ކުރިއަށްގެންދާ ކޯހެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން، އެމީހުންނަށް ކްލާސްތަކެއް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ކްލާސްތަކަކީ 2017 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އަދި އޯ ލެވެލް އިމްތިހާންގައި ބައިވެރިވުމަށް ތައްޔާރުކުރުމުގެ މަގްސަދުގައި ހިންގާ ކްލާސްތަކެކެވެ. މިގޮތުން ޖުމްލަ 80 ގައިދީން ވަނީ އިސްލާމާއި ދިވެހި ކްލާސްތަކުގައި ބައިވެރިވެފައެވެ. އަދި މީގެތެރެއިން ބޭނުންވާ ގައިދީންނަށް އިނގިރޭސި އަދި ހިސާބު ކްލާސްތަކުގައި ބައިވެރިވާނެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން ހިންގާ މި ކްލާހުގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތުގެ އުސްތާޛުންނެވެ.