އީއެސްޖީގެ އަހަރީ ޖަލްސާ ބާއްވައިފި

އީއެސްޖީގެ ނުވަވަނަ އަހަރީ ޖަލްސާގެ ތެރެއިން -- ސްޓާފް ސާޖަންޓް އަޙްމަދު ނަސީމް

އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ނުވަ ވަނަ އަހަރީ ޖަލްސާ މިއަދު ބާއްވައިފިއެވެ. މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އީއެސްޖީއަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށާއި އީއެސްޖީގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން އެންމެ ރަނގަޅު އޮފިސަރުންނަށް ހަނދާނީ ލިޔުމާއި ޝީލްޑް ޙަވާލުކުރުން އޮތެވެ. އަދި މި ރަސްމިއްޔާތުގައި އީއެސްޖީ އުފައްދަންޖެހުނު ސަބަބާއި އީއެސްޖީގެ ތާރީޚާއި، ވޭތުވެދިޔަ އަހަރު އީއެސްޖީ ހިނގައިދިޔަ ގޮތުގެމައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަންއެއް ދެއްކުން އޮތެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ކުރިން އީއެސްޖީގައި މަސައްކަތްކުރި އޮފިސަރުންގެ އިތުރުން މިހާރު އީއެސްޖީގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރިވެފައިވެއެވެ.