އީއެސްޖީ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އީއެސްޖީ އަހަރީ ދުވަހިގެ ދިދަނެގުމުގެ ރަސްމިޔަތަށްފަހު -- ފޮޓޯ: އެސްއެސްޖީޓީ އަޙްމަދު ނަސީމް

އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ނުވަވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިރޭ 00:00 ގައި މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު އީއެސްޖީގެ އަހަރީ ދުވަހުގެ ކޭކު ފެޅުން އޮތެވެ. ކޭކު ފަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

އީއެސްޖީގެ އަހަރީ ދުވަހަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.