‏މާފުށީ ޖަލުގައި ޑިނަރ ނައިޓް ބާއްވައިފި‏

މާފުށީ ޖަލުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވިޑިނަރ ނައިޓްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ރޭ އެ ޖަލުގައި ޑިނަރި ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ޑިނަރ ނައިޓްގައި މާފުށީ ޖަލުގެ ވޭތުވެ ދިޔަ އަހަރު ހާޟިރީއަށާ އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން އަދި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި އާއިލާތައް ބައިވެރިވިއެވެ.