ޖުމްހޫރީ ދުވަސް 2016

cp-news

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދަކީ މި ގައުމުގެ ދެވަނަ ޖުމްހޫރިއްޔަތަށް 48 އަހަރު ފުރިގެންދާ ދުވަސް. މި ޖުމްހޫރިއްޔަތުގެ ޙަޔާތުގައި މި ލޮބުވެތި ވަޠަނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، އަޅުގަނޑުމެން ހަނދާން ނުނެތޭނޭފަދަ އަގުހުރި ފިލާވަޅުތަކެއްވެސް ލިބިފަ. މި ޖުމްހޫރިއްޔަތަކީ މިގައުމުގެ ރައްޔިތުން ކުރާ އިންތިޚާބަކުން ދެމިއޮންނަ ޖުމްހޫރިއްޔަތަކަށް ވުމުން، މިއަދަކީ މިގައުމުގެ ކޮންމެ ދަރިއަކުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ދުވަހެއް.

މި ލޮބުވެތި ވަޠަން މުސްތަޤިއްލުކަމާއެކު އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް. ސިޔާސީ އަދި އެހެނިހެން ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށްފައި އެންމެންގެ ކިބައިގައި ޤައުމިއްޔަތު ބިނާކޮށް، ދިވެހިންނަށްވީތީ ޝަރަފްވެރިވެ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަކީ މި ގައުމުގެ ކުރިއަށް އަންނަންއޮތް ޖީލުތަކަށްވެސް ފެންނާނެ އަގުހުރި ނަމޫނާއަކަށް ވެގެންދާނެ ކަމެއް. އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى މިގައުމުގެ ހުރިހާ ދިވެހީންނަކީ ގުޅިގެން، އެއްބައިވަންތަކަމާއެކު މި ގައުމުގެ ފާގަތި މުސްތަޤްބަލަށާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާ ބައެއްކަމުގައި ލައްވަވާދެއްވުން. އަދި މިދުވަސް އެއްބައިވަންތަކަމާއެކު ކުލަގަދަކޮށް އަބަދުވެސް ފާހަގަކުރުމުގައި މި ގައުމު ދެމިއޮތުން.

އަޙްމަދު ޝިހާން

ކޮމިޝަނަރ އޮފް ޕްރިޒަންސް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *