‏އައިޖީއެމްއެޗްގައި ފަރުވާ ދެވެމުން ދިޔަ ބަންދުމީހަކު ނިޔާވެއްޖެ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ބަންދުމީހަކު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ފަރުވާ ދެމުން ދަނިކޮށް ފަތިހު 04:40 ހާއިރު ނިޔާވެއްޖެއެވެ.

ރޭ ނިޔާވެފައިވަނީ ދ. ވާނީ، ބްލޫހެވަން ޙުސައިން ޒަރީރު އެވެ.

ޙުސައިން ޒަރީރު އައި.ޖީ.އެމް.އެޗް ގައި އެޑްމިޓް ކޮށްފައިވަނީ 2016 ނޮވެމްބަރ 7 ވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރުއެވެ.