‏މާފުށީ ޖަލުގައި އޮފިސަރުންނަށް ގޭމް ސެންޓަރަކާއި ކޮފީހަޓެއް ހުޅުވައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ޖަލުގައި ކޮފީ ހަޓް ހުޅުއްވައިދެއްވަނީ

މާފުށީ ޖަލުގެ އަހަރީ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން އޮފިސަރުންނަށް ގޭމް ސެންޓަރަކާއި ކޮފީހަޓެއް މިއަދު އެޖަލުގެ ސްޓާފް ސަރަޙައްދުގައި ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭއެސްޕީ ސަލްމާން ރަޝީދު ވިދާޅުވީ މި ދެ ތަން ގާއިމުކުރުމުގެ މަޤްޞަދަކީ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް، ނުރަސްމީ ގަޑީގައި އޮފިސަރުންނަށް މުނިފޫހި ފިލުވާލެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

_mg_8228

މިރަސްމިއްޔާތުގައި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާފުށީ ޖަލުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު އޮފިސަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްވެސް ވަނީ ކުޅެފައެވެ.  މި މެޗުގައި ބައްދަލުކުރީ ސީނިއަރ މެނޭޖްމަންޓް ޓީމަކާއި  އޮފިސަރުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއެވެ. މި މެޗް ސީނިއަރ މެނޭޖްމަން ޓީމް ކާމިޔާބުކުރީ 5 – 2 ންނެވެ.