މާލޭ ޖަލުން މިއަދު ފިލި ގައިދީ ހައްޔަރުކޮށްފި

ޙުކުމްކޮށްގެން މިއަދު މާލޭ ޖަލަށް ގެންދިޔަ ގައިދީއަކު، މިއަދު ހަވީރު ފިލާފައިވަނިކޮށް އޭނާ ހައްޔަރުކޮށްގެން ގެނެސް މާލޭ ޖަލުގައި ބަންދުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިރޭގެ 08:10 ހާއިރު ތާޖުއްދީން ސްކޫލް ކައިރިންނެވެ. އޭނާ ހައްޔަރު ކުރުމުގައި ޙަރަކާތްތެރިވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގެ އޮފިސަރުންނެވެ.