‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: އިއްޔެގެ ދެ މެޗުން މޮޅުވީ ޔެންކީ އާއި އޮސްކަރ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ އިއްޔެ ކުޅުނު ދެ މެޗުން މޮޅުވީ ޔެންކީ އާއި އޮސްކަރއެވެ.

މުބާރާތުގެ ނުވަ ވަނަ މެޗް ފަސޭހަކަމާއެކު ޓީމް ޔެންކީ ކާމިޔާބުކުރީ 13-3 ލަނޑުން ޓީމް ރެއިޑަރސް ގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޝަރަފް ޝާކިރުއެވެ.

މުބާރާތުގެ 10 ވަނަ މެޗް ކާމިޔާބުކުރީ 11 ލަނޑުން ޓީމް އޮސްކަރއެވެ.  ޓީމް ސަންރޭ އަށް ކާމިޔާބުކުރެވުނީ 7 ލަނޑެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސަންރޭގެ އިބްރާހިމް ހަލީމްއެވެ.

img_6960

10 ޕޮއިންޓާއެކު މުބާރާތުގެ އެންމެ ކުރީގައި މިވަތު އޮތީ ޓީމް ޔެންކީއެވެ. އަދި ދެވަނަ މަގާމުގައި ވަނީ ޓީމް ރެއިޑަރސް އާއި ޓީމް އޮސްކަރއެވެ.

މި މުބާރާތުގައި މިއަދުކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ޔެންކީ އާއި ޓީމް އޮސްކަރ އަދި ރެއިޑަރސް އާއި ރެކަންއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އެވެ. މީގެ އިތުރުން މާކެޓް ހޮޓާ، މިޑްލް ކެޗް ޝޮޕް އަދި ޓަގް ސަރވިސް މެރައިން ޕވޓ ލޓޑ އަކީވެސް މި މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.