‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: ރެއިޑަރސް އާއި ރެކަން މޮޅުވެއްޖެ‏

ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016ގެ އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ އިއްޔެގެ ދެ މެޗުން މޮޅުވީ ރެއިޑަރސް އާއި ރެކަންއެވެ.

މުބާރާތުގެ ހަތްވަނަ މެޗްގައި ޓީމް ރެއިޑަރސް މެޗް ކާމިޔާބުކުރީ ޓީމް ސަންރޭ ގެ މައްޗަށް 7 ލަނޑު ޖަހައިގެންނެވެ. މި މެޗްގައި ސަންރޭއަށް ކާމިޔާބުކުރެވުނީ ދެ ލަނޑެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ރެއިޑަރސްގެ ޙުސެއިން ނާފިޒްއެވެ.

img_6813

މުބާރާތުގެ އަށް ވަނަ މެޗްގައި ޓީމް ރެކަން 10 ލަނޑު ޖަހާފައިވާއިރު ޓީމް އޮސްކަރ ވަނީ 9 ލަނޑު ޖަހާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ވަނީ ޓީމް އޮސްކަރއަށް ގިނަ އަދަދެއްގެ ކާޑުވެސް ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އޮސްކަރގެ އަހްމަދު ފިރާޒްއެވެ.

img_6789

މި މުބާރާތުގައި މިއަދުކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ޔެންކީ އާއި ޓީމް ރެއިޑަރސް އަދި ޓީމް ސަންރޭ އާއި ޓީމް އޮސްކަރއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އެވެ. މީގެ އިތުރުން މާކެޓް ހޮޓާ، މިޑްލް ކެޗް ޝޮޕް އަދި ޓަގް ސަރވިސް މެރައިން ޕވޓ ލޓޑ އަކީވެސް މި މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.