‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: ފަސްވަނަ މެޗާއި ހަވަނަމެޗުވެސް އެއްވަރު‏

ޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ފަސް ވަނަ މެޗާއި އާއި ހަ ވަނަ މެޗްވެސް އެއްވަރުވެއްޖެއެވެ.

ފަސްވަނަ މެޗްގައި ޓީމް އޮސްކަރ އާއި ޓީމް ރެއިޑަރސް ކުޅުނު މެޗް އެއްވަރުވީ 7-7 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ރެއިޑަރސްގެ ޙުސެއިން ނަދީމްއެވެ.

މުބާރާތުގެ ހަ ވަނަ މެޗްގައި ޓީމް ޔެންކީ 8 ލަނޑު ޖަހާފައިވާއިރު ޓީމް ރެކަން ވެސް ވަނީ 8 ލަނޑު ޖަހާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޢަލީ ސާޖިދުއެވެ.

މި މުބާރާތުގައި މިއަދުކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ސަންރޭ އާއި ޓީމް ރެއިޑަރސް އަދި ޓީމް ރެކަން އާއި ޓީމް އޮސްކަރއެވެ.